ގުޅީފަޅުގެ މަޝްވަރާތައް ނުފެށި ލަސްވާތީ މޭޔަރުގެ ސިޓީއެއް ރައީސަށް

22 Jun 2021 | 11:34

ގުޅީފަޅުގެ މަޝްވަރާތައް އަވަސްކޮށްދިނުން އެދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިޙަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި އަދި ފްލެޓް ލިބޭ ގޮތަށް ގުޅީފަޅުގެ ޕްލޭން ރިވައިސްކުރުމަށް ސިޓީ ކައުންސިލާއެކުގައި މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިތާ ހަތަރު ހަފްތާވެފައިވާއިރުވެސް އަދިވެސް އެ މަޝްވަރާތައް ބޭއްވިފައި ނުވާ ކަމަށެވެ.

"މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި އަދި ފްލެޓު ލިބޭ ގޮތަށް ގުޅީފަޅުގެ ޕްލޭން ރިވައިސް ކުރުމަށް ސިޓީ ކައުންސިލާއެކު މަޝްވަރާތައް ބާއްވާނެ ކަމަށް ވިދާޅުވެ ހަތަރު ހަފުތާވާން ދާއިރުވެސް އެކަން ނުވާތީ މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ސިޓީ ލިޔެފައިވާނެ އެކަން އަވަސްކޮށްދިނުމަށް އެދި." މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބޭނުންވަނީ ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ތަނަކަށް ހެދުމަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ، މިކަމަށް އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ ކޯޓަށް ގޮސްގެންވެސް އެމައްސަލަ ޙައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

Advertisement

ކޮމެންޓް