ބަލާލި ކޮންމެ ދިމާއަކުން ނުރައްކާ، ދަޢުލަތުގެ ބާރުތައް ހަނު: ސަޢީދު

22 Jun 2021 | 10:37

ޤާނޫނު އަސާސީގައި ވަކިކޮށްފައި ކަމަށްބުނާ ދައުލަތުގެ ބާރުތައް ހުރީ ހަނު ކަމަށާއި، ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ނުރައްކާތެރި މަރުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަޢިދު މިހެން ވިދާޅުވެފައިވަނީ ރަހީނުކޮށް މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ސައިދު ވިދާޅުވީ، ޤައުމުގައި ނުރައްކާތެރި ބިރުވެރި އެތައްކަމެއް ހިންގަމުންދާއިރު، މިދައުލަތުގެ މުއައްސަސާތައް ނިދާފައިވާކަމަށެވެ.

އަދި ޤަޢުމުގައި އެތައް ނުރައްކާތެރި ކަމެއް ހިނގާއިރު ޤާއުމުގެ ވެރިންގެ ކިބައިން ފެނިގެންދަނީ އަވަދިނެތި ގޭތެރޭގައި މަސައްކަތް ކުރުން ކަމަށް ސައިދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ވަކިކޮށްފައި ކަމަށްބުނާ ދައުލަތުގެ ބާރުތައް ހަނު. ސަރުކާރާއި މަޖިލިސް އަވަދިނެތި ގޭތެރޭގެ މަސައްކަތުގައި. މި ބާރުތަކަށް މިއަދު ރައްޔިތަކު ފެންނަ ކަމަކަށްނުވޭ. ބަލައިލި ކޮންމެ ދިމާލަކުން މާޔޫސްކަމާއި ނުރައްކާ! އިހުމާލުގެ މަރުތަކާއި ޤާއުމު ވިއްކުން! ބަލާލާނެ މުއައްސަސާއެއް ނެތް."، ސައީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރަހީނުކޮށް މަރާލާފައިވާ ކަމަށް ބެލެވޭ އުމުރުން 13 އަހަރުގެ ކުއްޖަކު ރޭ ދަންވަރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިމައްސަލައިގައި މިހާތަނަށް ދެދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ކުއްޖަކާއި އުމުރުން 27 އަހަރުގެ ފިރިހެނެކެވެ.

Advertisement

ކޮމެންޓް