ގާތިލުންގެ އަނިޔާވެރިކަން މިވަނީ ހައްދުފަހަނާޅާފައި: އިމްތިޔާޒް
ގާތިލުންގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނާޅާފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވެފައިމިވަނީ އަނިޔާވެރިކޮށް މަރާލާފައިވާ ކުޑަކުއްޖާގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ޓުވީޓުކުރަމުންނެވެ. މިމައްސަލައިގައި އެކި އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިމައްސަލައާއި ގުޅިގެން އިންތި ވިދާޅުވީ، މިއަދު ޤާތިލުންގެ އަނިޔާވެރިކަން މިޖުތަމަޢުގައި ހައްދު ފަހަނައަޅާފައިވާކަމަށެވެ. އެގޮތުން މިމައްސަލާގައި ފުރިހަމަ ތަޙުޤީޤެއް ހިންގައި، މިކަމުގައި ޝާމިލުވާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.
"ފުރިހަމަ ޖިނާއީ ތަޙުޤީޤަކުން މި ކުއްޖާގެ މަރުގެ މޯޓިވް އާއި އެންމެހައި ސަބަބުތައް ދެނެގަނެ، މުޖުރިމުންނަށް ޙައްޤު އަދަބު ލިބޭނޭގޮތަށް ފަރުވާތެރި ތަޙުޤީޤެއް އަވަސް މިނުގައި ކުރެވޭނޭ ކަމަށް އުއްމީދު ކުރަން. ޤާތިލުންގެ އަނިޔާވެރިކަން މިވަނީ ހައްދުފަހަނާޅާފައި" އިންތިގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، ރަހީނުކުރިކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ ކުއްޖާ ފެނިފައިވަނީ ރޭ މެންދަމު 2:38 ހާއިރު ކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން ދިވެހި ދެފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެއީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists