ހުޅުމާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހުމުގެ ފުރުޞަތު ހުޅުވާލައިފި

23 Jun 2021 | 02:12

މެދުކަނޑާލާފައި އޮތުމަށްފަހު، ހުޅުމާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހުޅުމާލޭގެ ރައްޔިތުންގެ ދަފްތަރުގައި ޖެހުމުގެ ފުރުޞަތު އަލުން ހުޅުވާލިކަން ހާމަ ކުރައްވާފައިވަނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާއެވެ.

ޝުޖާ ޓްވިޓާގައި ވިދާޅުވީ، ހުޅުމާލޭގެ ރަށްވެހިންގެ ދަފުތަރުގައި ޖެހުމުގެ ކަންކަން ހުއްޓިފައި އޮތުމަށްފަހު، މިހާރުވަނީ ފަސޭހަ ކަމާއިއެކު ރަށްވެއްސަކަށް ވެވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ޝުޖާގެ ކެމްޕޭން ވަޢުދެއްވެސްމެއެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އުސޫލުގެ ތެރެއިން ރަށްވެހިކަން ދެވޭ މީހުންނަށް ލިޔުންވެސް މިހާރު ލިބޭނެ އިންތިޒާމު ވަނީ ހަމައްސާފައެވެ. އެގޮތުން، މިލިޔުން އާންމުންގެ މީހަކާ ހަވާލު ކުރާ ފޮޓޯ ޝުޖާގެ ޓްވީޓުގައި ހިމަނާގައިވެއެވެ.

މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ މިކަމަށް ތަޢުރީފު ކުރަމުންނެވެ.

ޝުޖާ ފާހަގަ ކުރެވިފައިވަނީ، މަޤާމާއި ހަވާލު ވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދީ މަޤްބޫލުކަން ހޯދާފައިވާ ކައުންސިލަރެއްގެ ގޮތުގައެވެ. 

Advertisement

ކޮމެންޓް