ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

22 Jun 2021 | 18:58

މިމަހުގެ 16ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އުމުރުން 20 އަހަރުގެ ޒުވާނާ ފެނިއްޖެއެވެ.

ފުލުހުން މިއަދު އިރުއޮއްސުނު އިރު ބުނީ އަބޫބަކުރު އިބްރާހީމް މިހާރު ފެނިފައިވާކަމަށާއި، އޭނާގެ ހާލު ރަނގަޅުކަމަށެވެ. ނަމަވެސް އޭނާ ފެނުނީ ކިހިނެއް އަދި ކޮންތަނަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ވީނުވީއެއް ނޭންގި ގެއްލިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.

އޭނާ ގެއްލުނުކަން ރިޕޯޓުކޮށްފައި ވަނީ ޢާއިލާގެ ފަރާތުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް