ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފްގެ އެހީގައި މާލެއަށް ގެނެސްފި

22 Jun 2021 | 20:56

ށ. އަތޮޅު ހޮސްޕިޓަލުގައި އޮތް ހާލު ބޮޑު ބަލިމީހަކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެހީގައި މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ހާލުބޮޑުވެގެން އެމަޖެންސީގައި މާލެ ގެނެސްފައިވަނީ، ށ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 86 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ މާލެ ގެނެސްފައިވަނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފަރާތުން، އެމްއެންޑީއެފް ޑޯނިއާ މަތިންދާ ބޯޓުގައި މިއަދު އިރުއޮއްސި 6:29 އެހާއިރު ކަމަށެވެ.

އެމްއެމްޑީއެފް ޑޯނިއާ މަތިންދާ ބޯޓަކީ، އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ބޯޓެކެވެ. އިމަޖެންސީ މިފަދަ ހާލަތްތަކުގައި މި ބޯޓް އަންނަނީ ބޭނުން ކުރަމުންނެވެ. 

Advertisement

ކޮމެންޓް