Advertisement

"ރިހާކުރުފުޅި ވަގަށްނެގި މީހާ ހާޒިރު ކުރެވޭ، އެހެން މީހަކުވީމަ އިޚްތިޞާޞް ނުހިނގާ ތަނެއްގައި"

23 Jun 2021 | 07:03

‏"ރިހާކުރުފުޅި ވަގަށް ނެގި މީހާ"ގެ މައްސަލައިގައި، އޭނާ ކޯޓަށް ޙާޟިރުކޮށް ޝަރީޢަތް ކޮށްފައި، އެހެން މީހަކު ވީމާ، ރާއްޖޭގެ އިޚްތިޞާ ނުހިނގާ ތަނެއްގައި ބަހައްޓައިގެން ޝަރީޢަތް ކުރިޔަަށް ގެންދާތީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްެއުސްތާޛު ޙުސައިން ޝަމީމް ފާޑު ވިދާޅުވެއްޖެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޝަރީޢަތް، އޭނާ ބޭރު ޤައުމެއްގައި ހުއްޓާ ކުރިޔަށް ގެންދަން ކުރިމިނަލް ކޯޓުން ނިންމާފައިވާތީ، އެކަމާ ގުޅުވައި ޕީޖީ ޝަމީމް ވިދާޅުވީ، ދިވެހި ދައުލަތުގެ އިޚްތިޞާޞް ނުހިނގާ ތަނެއްގައި ހުއްޓާ ޝަރީޢަތުގައި ބައިވެރިކޮށް ޝަރީޢަތް ކުރިޔަށް ގެންދިޔުމަކީ، ސުޕްރީމް ކޯޓުގެ ޤަވާއިދާ ޚިލާފަށް ޝަރީޢަތް ކުރުން ކަމަށެވެ.

ޝަމީމް ވިދާޅުވީ، އެއީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ބުނާ ހަމައެއް ނޫން ކަމަށެވެ.

ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީޢަތުގައި އޭނާ ބައިވެރިވެފައިވަނީ، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެންކަމަށާއި، އެކަމުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރަނީ ޤާނޫނާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ނިންމާފައެވެ. 

Advertisement

ކޮމެންޓް