Advertisement

ކޮވިޑް-19އަށް ރާއްޖެއިން 145 މީހަކު ޕޮޒިޓިވްވެއްޖެ

22 Jun 2021 | 22:05

ދިވެހިރާއްޖެއިން ކޮވިޑް-19އަށް އިތުރު 145 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 145 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 61 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 77 މީހަކު އަދި ހިންގަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 07 މީހުންނެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 72،294 އަށް އަރާފައިވާއިރު، މި ބައްޔަށް 39 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 67،507 އަރާފައެވެ.

Advertisement

ކޮމެންޓް