ޗައިނާއާއެކު ގުޅުން ރަނގަޅުވަމުންދާކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 Dec 2018 | 14:19

ވިޔަފާރީގެ ހަނގުރާމައެއްގެތެރެއަށް ވެށްޓިފައި އޮތް އެމެރިކާ ޗައިނާ ގެ ގުޅުންތަކުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވިޔަފާރީގެ ހަނގުރާމަ ފެށުނީ އެމެރިކާއާއި ޗައިނާއާއި ދެމެދު ކުރެވޭ ވިޔަފާރީގައި ޗައިނާއަށް މާފައިދާ ބޮޑުކަމަށް ވިދާޅުވެ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ޑިއުޓީ ބޮޑުކުރަން ޓްރަމްޕް ނިންމެވުމުންނެވެ. ޖުލައިމަހުންފެށިގެން މިހާތަނަށް 250 ބިލިޔަން ޑޮލަރުގެ ވިޔަފާރި ޑިއުޓީ ޗައިނާގެ މުދަލުން ނަގަން ނިންމިއެވެ.

އެމެރިކާގެ މިފިޔަވަޅާއެކު ޗައިނާއިންވެސްވަނީ އެމެރިކާ ޕްރޮޑަކްޓްތަކުން 110 ބިލިޔަން ޑޮލަރުގެ ޑިއުޓީއެއް އިތުރުކޮށްފައެވެ. އެކަމަކު މިއަހަރުގެ ފަހުކޮޅު ދެގައުމުންވެސްވަނީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ޑިއުޓީ ނުވަތަ ޓެރިކް ސަސްޕެންޑްކޮށްފައެވެ. ޓްރަމްޕް މިއަދު ވިދާޅުވެފައިވަނީ އޭނާއާއި ޗައިނާގެ ރައީސް ޝީޖިންޕިން މިދިޔަ ހޮނިހިރު ދުވަހުވަނީ ފޯނުން މަޝްވަރާކޮށްފައެވެ. ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ތަފްސީލެއް ނުދެއްވައެވެ.

އެހެންޏާ ނުވާކަހަލަ ގޮތަކަށް މިފަހަރު ފޯނުކުރަން އިސްނެންގެވީ ޓްރަމްޕްއެވެ. ޗައިނާގެ މީޑިއާތަކުންވެސް ޓްރަމްޕް ގުޅުއްވިކަން ހާމަކޮށްފައިވެއެވެ. މުރާސިލުން ބުނާގޮތުގައި އެމެރިކާއިން ތައާރަފްކުރި ޓިއުޓީއާއި ޗައިނާއިން ރައްދުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިވެފައިވަނީ އެމެރިކާގެ ކުންފުނިތަކަށެވެ. 

Advertisement

ކޮމެންޓް