ނަފުރަތުގެ ޢަމަލު ހިންގުން މަނާކުރާ ބިލް އަނބުރާ ގެންދިޔުމަށް 106 ޖަމުޢިއްޔާއަކުން ގޮވާލައިފި

24 Jun 2021 | 02:48

ސަރުކާރުގެ ފަރާތުން ޤާނޫނުލްއުގޫބާތަށް އިޞްލާޙު ގެނައުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ނެގުމަށް ރާއްޖޭގެ 106 ޖަމުޢިއްޔާއަކުން ގޮވާލައިފިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ހަރަކާތްތެރިވާ 106 ޖަމުޢިއްޔާއެއް ޝާމިލްވެގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިބިލު މަޖިލީހަށް ހުށަހެޅުމާއެކު އެބިލާމެދު ޤައުމުގެ އެކިއެކި ދާއިރާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަދި ސުވާލު އުފައްދަމުން އަންނަ ކަމަށާއި، އެތައް ކަންބޮޑުވުމެއް ހިމެނޭ ބިލެއް ކަންވަނީ މުޖުތަމަޢުއަށް ހާމަވެގެން ގޮސްފައި ކަމަށެވެ.

އަދި އެ ކަންބޮޑުވުންތަކުގެ ތެރެއިން މަދަނީ މުޖުތަމަޢުގައި ހަރަކާތްތެރިވާ މަދަނީ ޖަމުޢިއްޔާތަކުން ބިލާމެދު ކުރި ދިރާސާގައި، ނުރައްކާތެރި އެތައް ކަމެއް މިބިލު ފާސްވެއްޖެނަމަ މުޖުތަމަޢުގެ ތެރެއިން ފާޅުވެގެން ހިނގައިދާނެކަން ވަނީ ކަށަވަރުގެން ގޮސްފައި ކަމަށް ބަޔާނުގައި ވެއެވެ.

މި ބިލާއި ގުޅޭގޮތުން ފާހަގަ ކުރެވޭ 4 ނުކުތާއެއް ބަޔާނުގައި ހިމަނާފައިވެއެވެ.

ޖަމުޢިއްޔާތަކުންވަނީ "ނަފުރަތުގެ ޢަމަލު ހިނގުން" ހުއްޓުވުމުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިފައެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅި މި ބިލާއި ގުޅޭގޮތުން 101 ދީނީ ޢިލްމުވެރިޔަކުވެސް ވަނީ މި ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކޮަށްފައެެވެ.

ބިލު މިހާރު އޮތީ ދިރާސާ ކުރުމުގެ މަރުޙަލާގައެވެ. 

Advertisement

ކޮމެންޓް