Advertisement

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 172 މީހުން!

23 Jun 2021 | 22:19

ދިވެހިރާއްޖެއިން މިއަދު 172 މީހަކު ކޮވިޑް-19އަށް އަލަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 172 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 66 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 96 މީހަކު އަދި ހިންގަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހުންނެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 72،466 އަށް އަރާފައިވާއިރު، މި ބައްޔަށް 41 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 67،886 އަށް އަރާފައެވެ.

Advertisement

ކޮމެންޓް