ޔޫރޯ 2020: ފްރާންސް ޕޯޗުގަލް އަދި ޖަރުމަނުވެސް ދެވަނަބުރަށް

24 Jun 2021 | 02:41

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އޮފް ޑެތް ނުވަތަ ގްރޫޕް އެފް އިން ދެވަނަބުރަށް ޕޯޗުގަލް، ފްރާންސް އަދި ޖަރުމަނު ދަތުރުކޮށްފިއެވެ.

ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ހަންގޭރީ އާއި ޖަރުމަނު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ގްރޫޕުގެ އެއްވަނަ މަގާމާއެކު ދެވަނަބުރަށް ފްރާންސް ދިޔައީ ފަސް ޕޮއިންޓާއެކު އެވެ. ދެވަނަ ހޯދި ޖަރުމަނު އަދި ތިންވަނަ ހޯދި ޕޯޗުގަލް އަށް ހަތަރު ޕޮއިންޓު ލިބުނުއިރު، ޖަރުމަނަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ. ޕޯޗުގަލް އަނެއް ބުރަށް ދިޔައީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ ޓީމުތަކުގެ ތެރެއިންނެވެ. ދެ ޕޮއިންޓާއެކު ހަންގޭރީ ވަނީ މުބާރާތުން ކަޓާފައެވެ.

އެއާއެކު މުބާރާތުގެ ދެވަނަބުރުގައި ފްރާންސް ބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ. ޖަރުމަނު ބައްދަލުކުރާނީ އިންގްލޭންޑާއެވެ. ޕޯޗުގަލް އަނެއް ބުރުގައި ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމްއާ އެވެ.

ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރި މެޗުގެ ފުރަތަމަ ގޯލުޖަހާ ލީޑު ނެގީ ޕޯޗުގަލް އިންނެވެ.އެވެ. މެޗުގެ 30 ވަނަ މިނެޓްގައި މި ޕެނަލްޓީ ޕޯޗުގަލް އަށް ލިބުނީ ފްރާންސްގެ ކީޕަރު ލޮރިސް ޕޯޗުގަލްގެ ޑެނީލޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ޕޯޗުގަލް އަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ފުރަތަމަ ހާފް ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ ފްރާންސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ޕެނަލްޓީ ފްރާންސް އަށް ލިބުނީ ކިލިއަން އެމްބާޕޭ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ދެވަނަ ހާފްގެ ކުރީކޮޅު ބެންޒެމާ ވަނީ އަނެއްކާވެސް ފްރާންސް އަށް ލީޑު ނަގާދީފައެވެ.

މި ލީޑު މާގިނައިރަކު ހިފަހައްޓާއެއް ނުލެވުނެވެ. ފްރާންސް ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement