ރޮނާލްޑޯ ދުނިޔޭގެ ރެކޯޑަކާއި އަރާ ހަމަކޮށްފި

24 Jun 2021 | 06:22

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފްރާންސް ކޮޅަށް ޖެހި ދެ ލަނޑާއެކު ދުނިޔޭގެ ފުޓުބޯޅައިގެ ރެކޯޑަކާއި ރޮނާލްޑޯ ހަމަކޮށްފިއެވެ.

ފްރާންސް އާއި 2-2 އިން އެއްވަރުވި މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ރޮނާލްޑޯ ވެގެންގޮސްފައިވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިގެން އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ 109 ލަނޑުގެ ރެކޯޑާ އަރާ ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އުމުރުން 36 އަހަރުގެ ރޮނާާލްޑޯ ހެދި މި ރެކޯޑާއެކު އޭނާ ވަނީ މިފަހަރުގެ ޔޫރޯގައި ގިނަ ރެކޯޑުތަކެއް އާކޮށްފައެވެ. މީގެތެރޭގައި ޔޫރޯގެ ރެކޯޑާއި ޕޯޗުގަލްގެ ފުޓުބޯޅަ ރެކޯޑުތައް ހިމެނެއެވެ.

މި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑުވެސް ކާމިިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީންނެވެ. ފުރަތަމަ ލަނޑު ޖަހާފައިވަނީ 31 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު ޖެހީ 59 ވަނަ މިނެޓުގައެވެ.

މިފަހަރުގެ ޔޫރޯގައި ރޮނާލްޑޯ ވަނީ ޔޯރޯގެ ތާރީހްގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މިހާތަނަށް ރޮނާލްޑޯ ވަނީ މިފަހަރުގެ މުބާރާތުގައި ޖެހި ފަސް ގޯލާއެކު 14 ގޯލް ޖަހައިފަ އެވެ. މި އަދަދު މި މުބާރާތުގައި އިތުރުވާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް

Advertisement