އެގްރިމެންޓްގައި ސޮއި ކުރާ ދުވަހު ތަޅުދަނޑިވެސް ހަވާލު ކުރާނެ: އެޗްޑީސީ

24 Jun 2021 | 10:33

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ގުރުއަތުލުން ނިންމައި ފްލެޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގުރާމުގައި ފްލެޓުތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ އެގްރީމަންޓުގައި ސޮއިކުރާ ދުވަހު ފްލެޓުތައް ލިބިފައިވާ މީހުންނާއި ތަޅުދަނޑި ޙަވާލުކުރާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ފައިނަލް ލިސްޓް އެކުލަވާލައި ގުރުއަތު ނެގުމުގެ މަސައްކަތް މިދިޔަ އޭޕްރީމް މަހުގެ ތެރޭގައި ފަށާފައިވާއިރު މިހާތަނަށް ހިއްސާކޮށްފައިވާ ލިސްޓުތަކުގައި ހިމެނޭ އެންމެންގެ ގުރުއަތުނަގެން ނިމިފައިވަނީ ނިމިފައެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓްތަކުގައި ސޮއިކުރުން ޖުލައި 14 ގައި ފެށުމަށް ވަނީ ނިންމާފައިވާޢިރު އެގްރީމެންޓްތަކުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުރަވީ ސްކޫލުގެ ހޯލުގައެވެ.

މި މަޝްރޫޢުގެ ދަށުން 16 ޓަވަރެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާއިރު، އެގްރީމެންޓްތަކުގައި ސޮއިކުރުން ކުރިއަށްދާނީ ޓަވަރުތަކުގެ ތަރުތީބުންކަމަށާއި، އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ ކުރިން ފްލެޓްތަކުގެ ވެރިފަރާތައް ގަޑިއާއި ދުވަސް ކުރިއާލާ އެޗް.ޑީ.ސީގެ ފަރާތުން އަންގަމުންދާނެކަމަށްވެސް ސުޙެއިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ، އެގްރިމެންޓްތަކުގައި ސޮއިކުރުން ހިނގާނީ ޓަވަރުތައް ތަރުތީބުން އެއްޓަވަރު ނިމުމުން އަނެއްޓަވަރަށް ދާ ގޮތަށް ކަމަށާއި، ސޮއިކުރުމުގެ ކުރިން ފްލެޓްތަކުގެ ވެރިފަރާތައް ގަޑިއާއި ދުވަސް އެޗް.ޑީ.ސީގެ ފަރާތުން އަންގަމުންދާނެކަމަށް ސުޙެއިލް ވިދާޅުވިއެވެ.

އެޗްޑީސީން ވަނީ ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުމަކީ ދަތިކަމެއް ކަމަށްވާތީ ހުރިހާ ފަރާތްތަކަކަށް ފަސޭހަކަމާއެކު ފެންނާނެ ގޮތަށް އެއްބަސްވުމުގެ ޑްރާފްޓް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކުރަން ނިންމާފައެވެ.

Advertisement

ކޮމެންޓް