ނަފްރަތުގެ އަމަލުތައް ބަޔާންކުރާ ބިލް ބޭރުކޮށްލުމަށް ޖުޑިޝަރީ ކޮމިޓީން ފާހެއް ނުވި

24 Jun 2021 | 11:25

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ބިލު ފާސްކުރަން ކޮމެޓީން ބޭރުކޮށްލުމަށް ނުފެންނަކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، މި އިސްލާހަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ވަނީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ ވޯޓާއެކު ބަލައިގެންފައެވެ.

މިބިލު ދިރާސާ ކުރުމަށް ކުރިއަށްގެންދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބިލު ފާސްކުރަން ނުފެންނަށް ކަމަށް ނިންމައި ކޮމިޓީން ބިލު ބޭރު ކުރުމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ހުޅަހެޅުއްވިއެެވެ.

ރިޒާގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، އެޗްއާރުސީއެމުން ދިން ލަފާގައި އެ ބިލުގެ 126 ވަނަ މާއްދާގައި ހުރި ހުރިހާ އަކުރެއް އުނިކުރަންޖެހޭ ކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މުޅި ބިލު ބިނާ ކޮށްފައިވާ މައިގަނޑު އަސާސް ގޯސް ކަމަށް ފާހަގަކުރެވޭ ކަމަށާއި އެ ބިލު އަނބުރާ ފޮނުވާލަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަފުރަތުގެ ކުށް ކުށަކަށް ހެދުމަށް ޤާނޫނުލްޢުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ހުށައެޅި އިސްލާޙަށް ވާހަކަ ދައްކަވަމުން ޙިސާން ވިދާޅުވީ އިސްލާމް ދީނާށް ފުރައްސާރައެއް ނުކުރެވޭނެ ކަމަށާއި، އިސްލާމް ދީނަށް ކުޑައިމީސް ބަހެއްވެސް ނުބުނެވޭނެ ކަމަށެވެ. އަދި ބިލުގެ ޙަޤީޤަތް ބަޔަކު ގަސްތުގައި އޮޅުވާލަން އުޅެފައިވާ ކަމަށްވެސް ޙިސާން ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement