ހއ.ދިއްދޫ މޮނީޓަރިންގއަށް ލައިފި

24 Jun 2021 | 20:29

ކޮވިޑް-19އަށް ޕޮޒިޓިވް ކޭހެއް ފެނުމާއި ގުޅިގެން ހއ.ދިއްދޫ މޮނީޓަރިންގއަށް ލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކޮށް ނެރެފައިވާ ލިޔުމުގައިވާ ގޮތުގައި އެރަށް މޮނީޓަރިންގއަށް ލެވިފައިވަނީ މިއަދު ހެނދުނު 11:10 އިން ފަށައިގެން ވަކިގޮތެއް އަންގަންދެނެވެ.

އެނގިފައިވާ ގޮތުގައި ދިއްދޫ މޮނީޓަރިންގއަށް ލެވިފައިވަނީ އެރަށުގެ ފްލޫ ކްލިނިކަށް ދެއްކި ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 72،466 އަށް އަރާފައިވާއިރު، މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 67،886 އެވެ.

Advertisement

ކޮމެންޓް

Advertisement