Advertisement

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 233 މީހުން!

27 Jun 2021 | 22:51

ދިވެހިރާއްޖެއިން ކޮވިޑް-19އަށް 233 މީހަކު މިއަދު އަލަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 233 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 31 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 157 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 45 މީހުނެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 73،327 އަށް އަރާފައިވާއިރު، މި ބައްޔަށް 29 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 69،031 އަށް އަރާފައެވެ.

Advertisement

ކޮމެންޓް