Advertisement

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 155 މީހުން!

28 Jun 2021 | 22:24

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 155އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 155 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 28 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 70 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 31 މީހުން އަދި ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 26 މީހުން ހިމެނެއެވެ.

މި 26 މީހުންގެ ތެރެއިން 24 މީހަކު ޕޮޒިޓިވްވެފައިވަނީ ރ.ކޮތާފަރުންނެވެ. އަދި ދެމީހަކު ޕޮޒިޓިވްވެފައިވަނީ ގަލްފް ލެގޫންއިންނެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 73،482 އަށް އަރާފައިވާއިރު، މި ބައްޔަށް 27 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 69،378 އަށް އަރާފައެވެ.

Advertisement

ކޮމެންޓް