ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވާ މީހުން ކަރަންޓީން ނުވެ ދަތުރު ކުރެވޭގޮތް ހަދައިފި

01 Jul 2021 | 02:43

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކަށް މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް ކަރަންޓީން ނުވެ ރަށްރަށަށް ދަތުރު ކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.

މިކަން އިޢުލާން ކުރައްވާފައިވަނީ، މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމަށްފަހު ދެން ކުރިއަށް އޮންނަ 60 ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ކަރަންޓީން ނުވެ އެފަރާތްތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ކަރަންޓީންވާން އަންގާފައިވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. އޭގެ ކުރިން ބަލި ޖެހި ރަނގަޅުވާ މީހުންނަށް ކަރަންޓީން ނުވެ 90 ދުވަހު ދަތުރުކުރެވެއެވެ.

Advertisement

ކޮމެންޓް