މިއަދު ކޮވިޑަށް ޕޮޒިޓިވް އަދަދަކީ 178!

29 Jun 2021 | 22:32

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 178 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 178 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 43 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 125 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 07 މީހުން އަދި ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 03 މީހުން ހިމެނެއެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 73،660 އަށް އަރާފައިވާއިރު، މި ބައްޔަށް 27 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 69،623 އަށް އަރާފައެވެ.

Advertisement

ކޮމެންޓް