Advertisement

ޔޫރޯ 2020: ޔޫކްރެއިން ކުއާޓާއަށް، ބައްދަލުކުރަން ޖެހޭނީ އިންގްލޭންޑާއި

30 Jun 2021 | 11:41

ޔޫރޯ 2020 ގެ ދެވަނަބުރުގެ އިތުރުވަގުތުގައި ކާމިޔާބުކުރި ލަނޑާއެކު ސްވިޑެންގެ އަތުން މޮޅުވެ، ޔޫކްރެއިން މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

ސްކޮޓްލޭންޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ނަތީޖާއަކީ 1-1 އެވެ. އެހެންކަމުން ދެން ކުޅުނީ ފަނަރަ މިނެޓުގެ ދެ ހާފެވެ. ޔޫކްރެއިން 2-1 އިން މޮޅުވި ލަނޑު ޖަހާފައިވަނީ އިތުރުވަގުތުގެ ދެވަނަ ހާފުގައެވެ.

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް ޔުކްރޭނުންނެވެ. އެގޮތުން 27 ވަނަ މިނެޓްގައި މި ގޯލު ޔުކްރޭނަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޒިންޗެންކޯއެވެ.

ސްވިޑެން އިން ވަނީ ނަތީޖާ އެއްވަރުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށެވެ. ފޯސްބާގް ފޮނުވާލި ބޯޅަ ގޯލުގެ ތެރެެއަށް ވަދެފައިވަަނީ ޔުކްރެއިންގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ނަތީޖާ ނުނެރެވުނު ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔަ އެވެ. ހާއްސަކޮށް ސްވިޑަން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މެޗުގެ 90 މިނެޓު ކުޅުން ހަމަވިއިރު ނަތީޖާ އެއްވަރުވުމުން ދެން ކުޅުނީ 15 މިނެޓުގެ ދެ ހާފެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ސްވިޑެންގެ ޑެނިއެލްސެން ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާ އަށް ވަނީ ރަތްކާޑު ދައްކާފައެވެ. އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން އެ ޓީމަށް މައްސަލަތަކެއް ކުރިމަތިލާން ޖެހުނެވެ.

ސްވިޑަން މޮޅުވި ލަނޑު ޖެހީ އިތުރުވަގުތުގެ ދެވަނަ ހާފުގެ ފަހުކޮޅުއެވެ. ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެން މި ގޯލު ޔުކްރޭނަށް ކާމިޔާބުކޮށްދިނީ ޑޮވްބީކް އެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި ޔުކްރޭން ބައްދަލުކުރާނީ އިންގްލޭންޑް އާއެވެ.

Advertisement

ކޮމެންޓް

Advertisement