މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 138 މީހުން!

30 Jun 2021 | 22:25

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 138 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 138 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 13 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 105 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 07 މީހުން އަދި ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 13 މީހުން ހިމެނެއެވެ. މި 13 މީހުންވެސް ޕޮޒިޓިވްވެފައިވަނީ ގއ.ކޫއްޑޫއިންނެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 73،798 އަށް އަރާފައިވާއިރު، މި ބައްޔަށް 28 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 69،974 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement