Advertisement

ބަލިން ރަނގަޅުވެފައި ރަށްރަށުގައި ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލުމުގެ ހުއްދަދީފި

01 Jul 2021 | 22:33

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމަށްފަހުވެސް ރަށްރަށަށް ހޯމް ކަރަންޓީނަށް ދަތުރު ކޮށް މިހާރު ކަރަންޓީނުގައި ތިބި ފަރާތްތައް ކަރަންޓީނުން ދޫކޮށްލުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

އެޗްޕީއޭއިން މިއަދު ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ، އެޗްޕީއޭގެ ނަންބަރު 2021/63 (29 ޖޫން 2021) ގެ އެންގުމުގެ ދަށުން، ކޮވިޑަށް ޕޮޒިޓިވްވާ ތާރީޚުން ފެށިގެން (ސާމްޕަލް ނަގާ ތާރީޚުން ފެށިގެން) 60 ދުވަސް ދުވަސް ހަމަވެފައި ނުވާ ފަރާތްތަކުގެ ތެރެއިން ރަށްރަށަށް ދަތުރުކޮށް ކަރަންޓީނުގައި މިހާރު ތިބި ފަރާތްތައް ކަރަންޓީނުން ދޫކޮށްލުން އެންމެ ރަނގަޅު ކަމަށެވެ. 

އެހެންކަމުން، ބަލިޖެހި ރަނގަޅުވެފައިވާތާ 60 ދުވަސް ވެފައިނުވާ ފަރާތްތައް ކަރަންޓީނުން ދޫކޮށްލުމުގެ މަސައްކަތް ކައުންސިލްތަކުން ކުރަމުން ގެންދިޔުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. 

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެ 60 ނުވާ މީހުންނަށް ލުއިތަކެއް ދިނުމަށް ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާން ކުރެއްވީ 29 ޖޫންގައެވެ. 

Advertisement

ކޮމެންޓް