ޔޫރޯ 2020: އިންގްލޭންޑުގެ ފެންވަރު ދައްކާލާ ސެމީފައިނަލަށް

04 Jul 2021 | 02:27

ޔޫރޯ 2020 ގެ ކުއާޓާފައިނަލުގައި ޔޫކްރެއިން ފަސޭހަކަމާއެކު ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފި އެވެ.

މިއީ އިންގްލޭންޑަށް ބޮޑު ކާމިޔާބީއެކެވެ. އެންމެފަހުން އެ ޓީމު ޔޫރޯގެ ސެމީފައިނަލެއްގައި ކުޅެފައިވަނީ 1966 އަހަރުއެވެ. އަދި މިހާތަނަށް އެ ޓީމަށް ޔޫރޯ ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އިންގްލޭންޑް ލީޑު ނަގާފައިވެއެވެ. ރަހީމް ސްޓާލިން ތަނަވަސްކުރި ފުރުސަތަކުން ހަތަރުވަނަ މިނެޓްގައި މި ލަނޑު ކާމިޔާބުކުރީ ކެޕްޓަން ހެރީ ކޭން އެވެ. ފުރަތަމަ ހާފު ނިމުނީ އެއް ގޯލުގެ ލީޑާއެކު އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އިންގްލޭންޑް ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 46 ވަނަ މިނެޓުގައި އިންގްލޭންޑަށް މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ މެގުއާ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި ލަނޑު ޖެހިތާ ތިިން މިނެޓުފަހުން ހެރީ ކޭން ވަނީ އިންގްލޭންޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ލީޑު ފުޅާކޮށްފައެވެ. އިންގްލޭންޑުގެ ހަތަރުވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ޖޯޑަން ހެންޑަސަން އެވެ.

މި ނަތީޖާއާއެކު ސެމީފައިނަލުގައި އިންގްލޭންޑް ބަައްދަލުކުރަން ޖެހޭނީ ކުއާޓާގައި ޗެކް ރިޕަބްލިކް ބަލިކުރި ޑެންމާކް އާއެވެ. މި މެޗު ކުޅޭނީ ބުދަދުވަހުގެ ރޭ އެވެ.

Advertisement

ކޮމެންޓް

Advertisement