Advertisement

މޭގަންއާއި ސެރީނާ ދުރުގަތިއްބަސް ވަރަށް ގާތް

29 Sep 2018 | 16:57

އަހަރުމެންނަށް އާންމުކޮށް އިވޭ ވާހަކައަކީ ދުރުގައި އުޅެން ޖެހިފައިވާ ދެ ލޯބިވެރިން އުފުލަން ޖެހޭ ބުރަތަކާއި ހޭދަކުރާ އުނދަގޫ ދުވަސްތަކުގެ ވާހަކައެވެ. އެމީހުންގެ ގުޅުން 'ލޯބި' ކަމުގެ ވާހަކައެވެ.

ރަހުމަތްތެރިން ދުރުގައި އުޅެން ޖެހުނަސް ގާތް ގުޅުމެއް ބޭއްވިދާނެކަން އިނގިރޭސި ޝާހީ އާއިލާގެ މޭގަން މާކަލް އާއި މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް އަހަރުމެންނަށް މިވަނީ ސާބިތުކޮށްދީފިއެވެ.

އޮސްޓްރޭލީއާގެ ޓީވީ ޝޯ އެއް ކަމަށްވާ 'ދަ ޕްރޮޖެކްޓް' ގައި ވާހަކަ ދައްކަމުން ސެރީނާ ބުނެފައިވަނީ މޭގަންގެ ކައިވެންޏަށްފަހު އިނގިރޭސިވިލާތައް އޭނާ ބަދަލުވި ނަމަވެސް އެ ދެމީހުންގެ މެދުގައި އޮތް ގާތްކަމަށް ކުޑަވެސް ބަދަލެއް ނާންނަކަމުގައިވެ. ދެމީހުން އަދިވެސް ބަރާބަރަށް ވާހަކަ ދައްކާކަމަށާއި އެކަކު އަނެކަކު ކައިރިން ކަންކަމުގައި ނަސޭހަތް ހޯދާ އެކި ކަންކަމުގައި އެހީތެރިކަންވެސް ފޯރުކޮށްދެމުން އަންނަކަމަށެވެ.

ދެމީހުން އެކަކު އަނެކަކު ދަންނަތާ ވަރަށް ޒަމާންވެއްޖެ ކަމަށާއި މިހާރަކަށް އައިސް ދެމީހުނެ ދެމީހުނަށް ކަންކަމުގައި ބަރޯސާވެވޭލެ ގިނަކަމަށްވެސް ސެރީނާ ހާމަކޮށްފައިވެއެވެ.

ސެލެބްރިޓީ ލައިފް ސަޓައިލެއް އުޅެން ޖެހުނަސް ނުޖެހުނަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގާތް ރަހުމަތްތެރިކަމަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާގައިވާ ދުނިޔޭގައި ބާއްވަން ވަރަށް ފަސޭހަކަމެއް ކަމުގައެވެ. 

Advertisement

ކޮމެންޓް