Advertisement

އެންއައިސީއިން ވަކިކުރަން ނިންމި އަމީނަށް، އޭސީސީގެ މަޤާމެއް ދިން މައްސަލަ ބަލަނީ

07 Jul 2021 | 21:22

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ކުރީގެ މެންބަރު އަޙްމަދު އަމީން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިސް މަޤާމަކަށް ހަމަޖެއްސި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފިއެވެ.

އަޙްމަދު އަމީނަކީ، ރިލްވާނުގެ މަރުގެ މައްސަލައާ ގުޅިގެން އެންއައިސީން ނެރުނު ރިޕޯޓުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ކަނޑައަޅާފައިވަނީ ބަލަން ޖެހޭ މިންވަރަށް ނުބާލާ ކަމުން، އެންއައިސީގެ އޭރުގެ މެންބަރުންގެ ގާބިލުކަމާ މެދު ސުވާލު އުފެދި އޭރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ވަނީ އަމީން ހިމެނޭހެން 4 މެންބަރަކު މަޤާމުން ވަކިކުރަން ނިންމާފައެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އަމީން އެންއައިސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ، ކޮމެޓީގެ އެ ނިންމުން ތަންފީޒު ނުކޮށް އުޅެނިކޮށެވެ.

އޭގެ ފަހުން އޭސީސީގެ އިސް މަޤާމަކަށް އޭނާ ހަމަޖެއްސުމާއި ގުޅިގެން، އޭނާގެ މައްސަލަ ބަލައިދިނުން އެދި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފައިވަނީ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީގްއެވެ.

އޭނާގެ މައްސަލަ ބަލައިދިނުން އެދި ޝަފީޤް ހުށަހެޅުއްވި މައްސަލަ ވަނީ ކޮމިޓީ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ. 

Advertisement

ކޮމެންޓް