Advertisement

ޗައިނާގެ އުޅަނދެއް ހަނދުގެ ދުރުފަރާތަށް ޖައްސައިފި

03 Jan 2019 | 11:26

ހަނދުގެ އެންމެ ދުރު ފަރާތަށް އިންސާނުންގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ރޮބަޓިކް ލޭންޑިން ކްރާފްޓެއް ޖައްސައިފިކަމަށް ޗައިނާއިން މިއަދު ބުނެފިއެވެ. ބެޖިންގެ ގަޑިން މިއަދު ހެނދުނު 10.26 ގައިވަނީ ހަނދުގެ ސައުތު ޕޯލްގައި ޖައްސާފައިކަމަށް ޗައިނާއިން ބުނެއެވެ. މިއުޅަނދުން ހަނދުގައި މިފަޅީގެ ޖިއޮލޮޖީއާއި ބަޔޮލޮޖިކަލް އެކްސްޕެރިމެންޓްތައް ހެދޭނެ އާލާތްތައް ހަރުކުރެވިފައިވެއެވެ.

ޗައިނާގެ މީޑިއާއިން ބުނީ މިއީ ޖައްވީ ހޯދުންތައް ހޯދުމުގެ އާ ހަރުފަތަކަށް ވާސިލުވެވުމެވެ. މީގެ ކުރިން ޗައިނާގެ ޖައްވީ އުޅަނދެއް ހަނދުގެ ދުނިޔެއާއި ވީ ފަޅީގައި ޖައްސައި ހޯދުންތައް ހޯދާފައިވެއެވެ. މިއީ އިންސާނުންގެވެސް ތާރީޚްގައި ހަނދުގެ ނުފެންނަ ފަރާތަށް ނުވަތަ ދުރުފަރާތަށް އުޅަނދެއް ޖެއްސި ފުރަތަމަ ފަހަރެވެ. އުޅަނދު ޖެއްސުމަށްފަހު ފުރަތަމަ ފަހަރަށް ފޮޓޯތައް ފޮނުވާދީފައިވެއެވެ.

ޖައްވީ ހޯދުންތަކުގެ ރޭހުގައި ޗައިނާއިން މަސައްކަތް ފެށީ ވަރަށް ފަހުންނެވެ. ޗައިނާގެ އޮސްޓްރޮނޮޓަކު އޯބިޓަށް ފޮނުވާފައިވަނީ 2003 ވަނަ އަހަރުއެވެ. މިއީ އެމެރިކާއާއި ރަޝިޔާއަށްފަހު ޖައްވީ ހޯދުންތަކުގައި ސްޕޭސްއަށް މީހަކު ފޮނުވި ފުރަތަމަ ގައުމެވެ.

Advertisement

ކޮމެންޓް