ރައީސް ސޯލިހު އުޅުއްވަނީ އޮޅިވަޑައިގެން: އިބްރާ

18 Jul 2021 | 17:54

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު އުޅުއްވަނީ އޮޅިވަޑައިގެން ކަމަށެވެ.އަދި 100 އިލްމުވެރިން ހިތްހަމަޖައްސައިގެން 2023 ގައި ރައީސް ސޯލިހުއަށް އަދި ވޯޓެއް ނުލިބޭނެ ކަމަށްވެސް އިބްރާގެ ޓްވީޓްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 100 އިލްމުވެރިން ހިތްހަމަޖައްސާ ސަރުކާރުގެ މުއައްޒަފުންނަށް ޗުއްޓީ ދެއްވާ މުސާރަ ދެއްވިޔަސް 2023 ގައި ރައީސް ސޯލިހުއަކަށް ވޯޓެއް ލިބިވަޑައެއް ނުގަންނަވާނެ ކަމަށެވެ. އަދި ޓެކްސް ދައްކަނީ އެބޭފުޅުން ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

‎އިބްރާ މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފްރަތުގެ ބިލާ ސަރުކާރުން ދެކޮޅު ކަމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ވިދާޅުވަމުން ދިއުމާއިގުޅިގެން ކަމަށް ބެލެވެއެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅުނު ބިލާއި ދެކޮޅަށް ރައީސް ސާލިހުގެ ފެކްޝަންގެ މެމްބަރުން ވަކާލާތު ކުރެއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ މެދުގައި ވަނީ ވަރުގަދަ ކޯޅުމެއް ހިނގާފައެވެ.

އެމްޑީޕީގެ ތެރޭގައި2 ފެކްޝަން އުފެދިފައިވާއިރު،ނަފްރަތުގެ ބިލާއި ސަރުކާރުން ހަވާލު ނުވާކަމަށްބުނެ މަޖިލީހުގައި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް ވަކާލާތު ކުރައްވާފައެވެ.އަދި ރައީސް ނަޝީދު ފެކްޝަންގެ ބައެއް މެމްބަރުން ވަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށްވެސް ގޮވާލައްވާފައެވެ.

‎މި ބިލާއި ގުޅިގެން 100 އަށްވުރެ ގިނަ ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކޮށް ރައީސް ސޯލިހުއަށް ސިޓީއެއްވެސް ވަނީ ފޮނުވާފައެވެ. އަދި މި ބިލް ފަރުމާކުރެވިފައި އޮތްގޮތަށް ފާސްވެއްޖެނަމަ މުޖްތަމައުގައި ބޮޑެތި މައްސަލަތައް އުފެދޭނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

އިބްރާ މިފަދައިން ޓްވީޓް ކުރައްވާފައި ވާއިރު އެމްޑީޕީ އަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ގިނަ ބަޔަކު އަންނަނީ ރައީސް ސޯލިހުގެ ސަރުކާރު ފެއިލްވެފައިވާކަމަށް ބުނެ ސަރުކާރުގެ އިސްތިއުފާއަށް ގޮވަމުންނެވެ.

Advertisement

ކޮމެންޓް