ބޭންކް އޮފް މޯލްޑިވްސް ގެ ބޯޑަށް އައު މެންބަރުން ހޮވައި ޗެއަރޕާސަން ކަނޑައަޅައިފި

15 Jul 2021 | 19:04

ބޭންކް އޮފް މޯލްޑިވްސް ގެ ބޯޑަށް އައު މެންބަރުން ހޮވައި ޗެއަރޕާސަން ކަނޑައަޅައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ ގޮތުގައި އަލްފާޟިލް ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް ހަމަޖައްސައިފިއެވެ.

މި މަގާމަށް ޔޫޝަޢު ކަނޑައެޅުނީ 38 ވަނަ އަހަރީ އާންމު ޖަލްސާ އަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވައި އަހަރީ އާންމު ޖަލްސާގައި ބޯޑަށް އައްޔަން ކުރެވުނު ޑިރެކްޓަރުންގެ ނަންތައްވެސް ބޭންކުން މިއަދުވަނީ ހާމަ ކުރައްވާފައެވެ. އެބޭފުޅުންނަކީ،

މރ. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)

އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ

އަލްފާޟިލް ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް

އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ

އަލްފާޟިލް ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި

އަލްފާޟިލް ޢަބްދުﷲ ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް

އަލްފާޟިލް މުޙައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެއްވި 2 ޑިރެކްޓަރުންނަކީ:

އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ

އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ޚިދުމަތް ދެމުންދާ ކުންފުންޏެވެ. 

Advertisement

ކޮމެންޓް

Advertisement