އަފީފް އިމްރާނަށް: ބޮމެއްގޮއްވާލުން އެއީ އާދައިގެ ކަމެއްގޮތުގައި ނެގޭކަށްނެތް

16 Jul 2021 | 16:07

މަޖީދީމަގުގެ މެދުގައި ބޮމެއްގޮއްވާލުން އެއީ އާދައިގެ ކަމެއްގޮތުގައި ނެގެންނެތް ކަމަށް ހޯމް މިނިސްޓަރ އިމްރާނަށް ދެންނެވިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން އަފީފް ވިދާޅުވީ "މެއި6" ކޮމެޓީއިން 5 ޖުލައި ގައި ހޯމްމިނިސްޓަރު އިމްރާން އާއި ބައްދަލުކުރައްވާފައި ވާނެކަމަށެވެ.

އަދި މި ބައްދަލުވުމުގައި "މެއި6" ކޮމެޓީގެ ކަންބޮޑުވުންތައް ހޯމްމިނިސްޓަރާއި ހިއްސާކުރެއްވި ކަމަށް އަފީފް ވިދާޅުވިއެވެ.

އެގޮތުން މަޖީދީމަގުގެ މެދުގައި ބޮމެއްގޮއްވާލުން އެއީ އާދައިގެ ކަމެއްކަމަށް ނެގެންނެތް ކަމަށް ހޯމް މިނިސްޓަރ އިމްރާނަށް ދެންނެވިންކަމަށް އަފީފް ވިދާޅުވިއެވެ.

"މާލޭގެ އެންމެ ކާރޫބާރުބޮޑު މަގު މަޖީދީމަގު މެދުގައި ބޮމެއް ގޮއްވާލުން އެއީ އާދައިގެ ކަމެއްގޮތުގައި ނެގޭކަށްނެތް ކަމާއި، އަދި މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ހޯދެންދެން ތަހުގީގު ކުރިއަށް ގެންދިއުން އެއީ މުހިންމުކަމެއް ކަމުގައި އަޅުގަނޑުމެން ދެންނެވިން"

އަދި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބިފައިވޭތޯ އައްސަވާފައިވާނެކަމަށް އަފީފް ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ހަމަލާގެ އެއްވެސް މައުލޫމާތެއް މީގެކުރިން ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިނުވާކަމަށް އިމްރާން ވިދާޅުވެފައިވާކަމަށް އަފީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަފީފް ވިދާޅުވީ މިފަދަކަމެއް ހިނގާދިޔައިރު އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިނެތުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށް ހޯމްމިނިސްޓަރަށް ދެންނެވިކަމަށެވެ.

އަދި މިއީ މުޅިރައްޔިތުންނަށް އޮތް ބިރުވެރިކަމެއް ކަމަށާއި،މިފަދަ ކަންކަން ހުއްޓުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އަފީފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement