Advertisement

މީހަކު މަރަން ބޮން ގޮއްވަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: އިމްތިޔާޒް

18 Jul 2021 | 18:03

މީހަކު މަރަން ބޮން ގޮއްވަން ޖެހޭ އެއްވެސް ސަބަބެއް އަދި ހުއްޖަތެއް ނޯންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދިން ބޮމުގެ ޙަމަލާއަކީ ރައީސް ނަޝީދުގެ ޢަމަލުތައް ހުރިގޮތުން ދީފައިވާ ހަމަލާއެއް ކަމަަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްޙާން ފަހުމީ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އަލްޙާން ވިދާޅުވީ، އެޙަމަލާ ދީފައިވަނީ ނަޝީދުގެ ޢަމަލުތަކާއި ބަސްމަގު ހުރިގޮތުން ކަމަށާއި ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ނުވާ ކަމާއި ބައެއްގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުމަކަށް ޖާގަ ދެމުން ދިޔައީ ވެސް ނަޝީދުގެ ޢަމަލުތަކުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ހުޅަނގުގެ ޤައުމުތަކުގެ ސަޤާފަތް ރާއްޖެ ގެންނަން ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށް އަލްޙާން ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން އިންތި ވިދާޅުވީ، އަލްޙާންގެ ވާހަކަތަކަކީ ޓެރަރިޒަމް ޤާނޫނާއި ޚިލާފު ވާހަކަތަކެއް ކަމަށާއި، މީހަކު މަރަން ބޮން ގޮއްވަން ޖެހޭ އެއްވެސް ސަބަބެއް އަދި ހުއްޖަތެއް ނޯންނާނެ ކަމަށެވެ.

އަލްޙާން ވިދާޅުވީ ރައީސް ނަޝީދުގެ އެފަދަ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމަށް އަސަރު ކުރާ ކަމަށެވެ. އަދި ދޮން މީހުން އުޅޭގޮތަށް އުޅެންވާނޭ ކިޔައިގެން ރައީސް ނަޝީދު ވެސްޓާން ސޮސައިޓީގައި ހުރެ ކަންތައްތަކެއް، ގެންނަން މަސައްކަތް ކުރައްވާކަން އަލްޙާން ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement