Advertisement

އެހެން ޤައުމިއްޔަތެއް ގެންނަން އުޅޭ މީހަކަށް ދިވެހި ރައްޔިތުން ތަމްސީލެއް ނުކުރެވޭނެ: ޢަލީ ރަމީޒު

18 Jul 2021 | 17:49

އެހެން ޤައުމިއްޔަތެއް ގެންނަން އުޅޭ މީހަކަށް ދިވެހި ރައްޔިތުން ތަމްސީލު ނުކުރެވޭނެ ކަމަށް، ދީނީ މަޢުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒު އިއްޔެ މީސްމީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤުރްއާނާއި ސުންނަތުން ކަނޑައެޅިގެން އެނގެން ހުރި ހުކުމްފުޅުތައް ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށް ބުނެ، ރާއްޖެއަަށް އެހެން ޤައުމިއްޔަތެއް ގެންނަން މަސައްކަތް ކުރާ މީހަކީ، ދިވެހި މުސްލިމު ރައްޔިތުން ތަމްސީލު ކުރެވޭނެ މީހެއް ނޫން ކަމަށެވެ.

ޢަލީ ރަމީޒު މިފަދައިން ވިދާޅުވެފައިވަނީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް އިތުރު ބަޔަކާއި ކޯލިޝަން ހަދަން ބޭނުންވެފައި ވާކަމަށާއި، އެ ބަޔަކީ، މިއުޒިކު ހަރާމް ނުކުރާ ބައެއްްކަމަށް ވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މި ހަފްތާ ތެރޭ ވިދާޅުވެފައެވެ.

ސަރުކާރަށް ތާއީދު ކުރުން ހުއްޓާލީ، ނަފުރަތުގެ ބިލް ފާސް ނުކުރުމުން ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެންވެސް ޢަލީ ރަމީޒުވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ޢަލީ ރަމީޒު ވިދާޅުވީ، ނަފުރަތުގެ ސެކިއުލަރ ބިލު ވެގެން މިދިޔައީ، ފޮރުވައިގެން ތިބި އެތައް ކަމެއް ކަޝްފުވެ ހާމަވެގެންދިޔަ، ބޮޑުވެގެންވާ ފަޟީހަތަކަށް ކަމަަށެވެ. 

Advertisement

ކޮމެންޓް