ADS BY STATE TRADING ORGANISATION PLC LTD

މެއި 6ގެ ހަމަލާ: ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވައިފި

- 1 week ago 0 - މުއައްލިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއިމަހުގެ 6ވަނަ ދުވަހުގައި ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި 4 މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ފޮނުވައިފިއެވެ.

ADS BY VOICE

އެމީހުންނަކީ އަހުމަދު އަދުހަމް، މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަހުމަދު ފާތިހެވެ. މިކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ ހަތަރު މީހުންގެ ތަހުގީގު ޕީޖީ އޮފީހަށް މިއަދު ލިބިފައިވާ ކަމަށާއި، ހައްޔަރުކުރެވިފައިވާ އެހެނިހެން މީހުންނާއި ހޯދިފައިވާ ހެކިތަކަށް ތަހުގީގު އިތުރަށް ކުރިއަށްދާނެކަމަށެވެ. އަދި ގާނޫނުގެ ދަށުން، އެމީހުންނަށް ދައުވާކުރުމާއި މެދު ގޮތެއް ނިންމަން 15 ދުވަހުގެ މުހުލަތެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭނެކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

އެމީހުންގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވުމާއި ގުޅިގެން މިމަހުގެ 24ވަނަ ދުވަހު ފުލުހުންނާއި ޕީޖީ އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަމަލާގައި ހައްޔަރުކުރި ފުރަތަމަ ހަތަރު މީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ފޮނުވާފައިވާ ނަމަވެސް، ބައެއް ފަރާތްތަކުން ދަނީ މިއީ ފުރިހަމަ ތަހުގީގެއް ނޫންކަމަށް ބުނަމުންނެވެ. އެގޮތުން މި ހަަމަލާއަށް ފަންޑުކުރި މީހުން އަދިވެސް ހާމަކޮށްފައި ނުވާކަން ގިނަބަޔަކު ފާހަގަކުރެއެވެ.

0%

0%

0%

ADS BY COCA COLA
0 ކޮމެންޓް

ހަބަރު