ސައިފް އަދި ކަރީނާގެ ދަރިފުޅު ބަލައިދޭ މީހާގެ މުސާރަ އިނގޭތަ؟

29 Sep 2018 | 08:41

އާންމުންނަށް އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ސައިފް އަދި ކަރީނާގެ ތުއްތު ދަރިފުޅު ތައިމޫރް ވަނީ އެންމެންގެ ހިތްތައް ދަމާއިގައިންފައެވެ. ބައެއް ފިލްމީތަރިންނަށް ނުލިބޭވަރުގެ ސަމާލުކަން ތައިމޫރަށް އަންނަނީ ލިބެމުންނެވެ.

މިގޮތުން މިފަހަރު މީހުންގެ ސަމާލުކަމަށް އައިސްގެން މިއުޅެނީ ތައިމޫރް ބަލެހެއްޓުމާއި ހަވާލުވެ ހުރި މީހާއާއި އޭނާއަށް ލިބޭ މުސާރައިގެ ވާހަކައެވެ.

ގަބޫލުކުރެވޭ ގޮތުގައި ތައިމޫރް ބަލާއިދޭ މީހާއަށް މަހެއްގެ މައްޗަށް 1.5 ލައްކަ ރުޕީސް ލިބެއެވެ. އަދި އިތުރު ގަޑިއާއެކު މި އަދަދު 1.7 ލައްކައަށް އަރާކަމަށްވެއެވެ. 

މީގެ އިތުރުން ތައިމޫރް ގޮވައިގެން ތަންތަނަށް ދަތުރުކުރަން އޭނާއަށް ކާރެއްވެސް ދީފައި އޮވެއެވެ.

Advertisement

ކޮމެންޓް

Advertisement