Advertisement

މިދިޔަ އަހަރުގެ މުދަލު ޒަކާތް ބަހަން ފަށައިފި

04 Sep 2018 | 20:47

ިދިޔަ އަހަރުގެ މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަކާތް ބެހުމުގެ ކަންތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން އެ ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށް އިސްލާމީ މަރުކަޒު ހޯލުން ޒަކާތް ދޫކުރާނެކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ، މާލެ، އައްޑޫ، ފުވައްމުލައް އަދި ގދ ތިނަދޫން ޖުމްލަ 3302 ފަގީރުންނަށް މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެހެން ރަށްރަށުގައި ޖުމުލަ 9992 ފަގީރުންނަށް މިދިޔަ އަހަރުގެ ޒަކާތް ބަހާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

މީހަކަށް 1،000ރ.ގެ ރޭޓުން ޒަކާތް ބެހުމަށް ހަމަޖެހިފައިވާ އިރު އެ ރަށެއްގައި ފަގީރުން އުޅޭ ނިސްބަތުން، ޒަކާތުގެ ފައިސާ ފޮނުވާފައިވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

Advertisement

ކޮމެންޓް