އެމްޑީޕީ އުފެދުނީ ހާސްކަމެއް ނެތް ދިރިއުޅުމެއް ފޯރުކޮށްދިނުމަށް: ރައީސް ނަޝީދު

06 Jan 2019 | 12:57

އެމްޑީޕީ އުފެދުނީ ހާސްކަމެއް ނެތް ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ އަނދުން ހުސެއިންގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ހާސްކަމެއް ނެތް ދިރިއުޅުމެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މާލޭގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދުން މިއަދު މަޖުބޫރުވެފައިވާކަމަށާއި އެކަން ނުކޮށްފިނަމަ ދަރިންނާއި ދަރީންގެ ދަރީންނަށް މާލޭގައި ދިރިނޫޅެވޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ މާލޭގެ ކޮންމެ ތަނަކުން ބިންކޮޅެއް ގަތް ނަމަވެސް 100 އަކަފޫޓުގައި ފަސް ހަ މީހުން ދިރިނޫޅޭ އެންމެ ގެއެއް ވެސް އަދި އެންމެ ބްލޮކެއް ވެސް މާލެއިން ހޯދަން ދަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ ބޭރު ގައުމުތަކުގައި އެކަން އޮންނަ އުސޫލު ނޫންކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ނަޝީދު ވަނީ މަޖިލިސް 19 އަަކީ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ މަޖިލީހެއްކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement