Advertisement

ރައީސް ޔާމީން މިއަދު ހައްޔަރުކޮށްފާނެ - ސިއްދީޤް

06 Jan 2019 | 16:19

ރައީސް ޔާމީން މިއަދު ފުލުހުން ހައްޔަރުކޮށްފާނެކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރ އަދި ރައީސް ޔާމީން ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ސިއްދީޤް ވިދާޅުވެއްޖެއެވެ.

ސިއްދީޤް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމާއި ގުޅިގެން ޗެނަލް13 އިން ކުރިއަށް ގެންދާ ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ސިއްދީއްޤް ވިދާޅުވިގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުކުރެއްވުމަށްފަހު ބަންދުގައި ބެހެއްޓުން އެކަށީގެންވާކަމަށެވެ. އަދި މިއީ މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ޒާތީގޮތުން ކުރައްވާ ކަމެއްގޮތުގައި ސިއްދީޤު ވަނީ ސިފަކުރައްވާފައެވެ.

އަދި މިއީ ޤައުމު ވިއްކާލަން ކުރާ މަސައްކަތް ފޮރުވުމަށް ސަރުކާރުން ހިންގާ ޖަރީމާއެއްގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން ހައްޔަރު ކުރުމުން ރާއްޖެ ބޭރުފަރާތްތަކަށް ވިއްކައި، ދާހިލީ ކަންކަމާ ބޭހޭބެހުމުން ރައްޔިތުންގެ ފޯކަސް ގެއްލުވާލައި ސަރުކާރުގެ އެޖެންޑާ ކުރިއަށް ގެންދިއުމަށް ފަހިކުރަމުން ދާކަމަށް ވެސް ސިއްދީޤްގެ ވާހަކައިގަ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަކާއި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެހެން އެކައުންޓަކަށް 22 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.

އެގޮތުން މިއަދު ދެވަނަ ފަހަރަށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރާއިރު ޕީޕީއެމްގެ ލީޑާރޝިޕްގެ މަދު ބައެއް ވަނީ ބޭންކް އޮޕް މޯލްޑިވްސް ސަރަހައްދުގައި ހަރަކާތްތެރިވަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement

ކޮމެންޓް