Advertisement

ވިލާ ކޮލެޖުގެ ކެމްޕަހެއް ހުޅުމާލޭގައި ހުޅުވައިފި

08 Jan 2019 | 12:18

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތައުލީމީ ހިދުމަތް ދެމުން އަންނަ އެއް ފަރާތްކަމުގައިވާ ވިލާ ކޮލެޖުގެ އައު ކެމްޕަހެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މި ކެމްޕަސް ހުޅުވައިދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރެވެ. ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަހްމަދު އަންވަރުވަނީ ހުޅުމާލޭގައި ހުޅުވުނު އައު ކެމްޕަހަކީ އެ ކޮލެޖަށް ލިބުނު ކުރިއެރުމެއް ކަމަށައި ހުޅުމާލޭގައި އުޅޭ ފަރާތްތަކުން މި ކެމްޕަހުން އުނގެނި ކުރިއެރުން ހޯދައި ވިލާ ކޮލެޖުގެ ފާހަގަކޮށްލެވޭ ކެމްޕަހަކަށް މި ކެމްޕަސް ވެގެންދިޔުން އުންމީދު ކުރާކަމަށް ވިދާޅުވެފައެވެ.

ހުޅުމާލޭގައި ހުޅުވުނު މި ކެމްޕަހާއެކު ވިލާ ކޮލެޖުގެ ޖުމްލަ 6 ކެމްޕަހެއް މިހާރުވަނީ ގާއިމުކުރެވިފައެވެ.

އަލަށް ހުޅުވި މި ކެމްޕަހުގައި މިއަހަރުގެ ޖަނަވަރީ އިންޓޭކަށް ފުރުސަތު ހުޅުވާލެވިފައިވާއިރު ސެޓްފިކްޓް އިން ބިޒްނަސް ސްޓަޑީޒް، ސެޓިފިކެޓް 4 އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސެޓިފިކެޓް 4 އިން އެކައުންޓިން، ސެޓިފިކެޓް 4 އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ބެޗްލާ އޮފް އާޓްސް (އޮނާޒް) ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގ ކޯސްތަށް ހުރިކަން ފާހަގަކޮށްލެވެއެވެ.

މި ކޯސްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހު ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެއެވެ.

2007 ވަނަ އަހަރު ވިލާ ކޮލެޖުގައި ކިޔަވައިދޭން ފެށިއިރު މިއަދު އެ ކޮލެޖުގެ އެކި ކެމްޕަސްތަކުގައި 3،000 ވުރެ ގިނަ ދަރިވަރުން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ. 

Advertisement

ކޮމެންޓް