Advertisement

އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރުންގެ އިރުޝާދާއި ޚިލާފަށް: އެޗްއާރްސީއެމް

08 Jan 2019 | 20:54

ސާޖަރީއެއް ހެއްދެވުމަށްފަހު ގޭބަންދުގައި ހުންނަވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އަނބުރާ ޖަލަށް ގެންދެވުނީ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއި ޚިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފިއެވެ.

އެޗްއާރްސީއެމްއިން މިހެން ބުނެފައިވަނީ އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި އެ ކޮމިޝަނުން ބުނީ މިދިޔަ އޮކްޓޯބަރު 24ގައި އައިޖީއެމްއެޗުގެ ޔޫރޯލޮޖިސްޓެއް ވަނީ އަދީބު، ދެ މަހަށް ގެއަށްބަދަލުކުރުމަށް ލަފާ ދީފައިކަމަށެވެ. އެހެންނަމަވެސް ކަރެކްޝަނުން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ޑޮކްޓަރުން ވަކި ގޮތަކަށް ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ކަރެކްޝަންގެ ޒިންމާއެއް ކަމުގައިވެސް އެ ކޮމިޝަނުން ވަނީ ބަޔާންކޮށްފައެވެ.

އެޗުއާރުސީއެމުން ބުނީ ނޮވެމްބަރު 10 ވަނަ ދުވަހު އަދީބުގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލްގެ ޑިސްޗާޗް ސަމަރީ ގައި އައިޖީއެމްއެޗްގެ ޔޫރޮލޮޖީ އަށް ހާއްސަ ޑޮކްޓަރު "ފިޒިކަލް އެކްޒާޝަން ފޯ މަންތްސް, ސްޓްރެސް ފްރީ އެންވަރަމެންޓް އެންޑް ފެމެލީ ކެއަރ ފޯ 6 ޓު 8 ވީކްސް" ފާހަގަކޮށްފައިވާކަމަށެވެ.

Advertisement

ކޮމެންޓް

Advertisement