މިފަހަރު ރައީސް ޔާމީން ފުލުހުންގެ އިދާރާގައި ފަސް ގަޑިއިރު!

08 Jan 2019 | 22:35

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ޖަވާބުދާރީވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ފުލުހުންގެ އިދާރާގައި ފަސް ގަޑިއިރު ހޭދަކުރައްވައިފިއެވެ.

މިއީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާއި ގުޅިގެން އެމަނިކުފާނު ތަހުގީގަށް ހާޒިރުކުރެވުނު ތިންވަނަ ފަހަރެވެ. 

މިއަދުގެ ތަހުގީގު ނިންމަވާލެއްވުމަށްފަހު ބޭރަށް ނިކުމެވަޑައިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފް އިން އެމަނިކުފާނަށް އެއްވެސް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި އެ ފައިސާއަކީ އެސްއޯއެފް އިން ލިބުނު ފައިސާއެއް އެނގޭނެ ގޮތެއް ވެސް ނެތްކަމަށެވެ. އެއީ އެމަނިކުފާނުގެ އެކައުންޓަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަމާކުރެއްވި ފައިސާތަކެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެކި ފަރާތްތަކުން ރައީސް ޔާމީންގެ ކެމްޕެއިންއަށް ދޭ ފައިސާ ބަލަހައްޓަވަނީ އަދީބު ކަމަށެވެ. 

އެހެންކަމުން އެ ފައިސާގެ ތެރެއިން ފިނިފެންމާ ލޯންޗްގެ ހާދިސާއާއި ގުޅިގެން އަދީބުގެ ގާތުން ފައިސާއަށް އެއްސެވިކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް