ފިޝަރީޒް މިނިސްޓްރީ އަދި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް ޕަރމަނަންޓް ސެކްރެޓަރީން އައްޔަނުކުރައްވައިފި

09 Jan 2019 | 11:48

މިނިސްޓްރި އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާށާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ޝައިންސް އެންޑް ޓެކްނޮލޮޖީއަށް ސިވިލް ސަރވިސް ކޮމިޝަނުން ޕަރމަނަންޓް ސެކްރެޓަރީން އައްޔަނުކުރައްވައިފިއެވެ.

ޕަރނަންޓް ސެކްރެޓަރީން އައްޔަނުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ އެމިނިސްޓްރީއެއްގެ އިއްޒަތްތެރި ވަޒީރުގެ ހާޟިރުގަ ބޭއްވުނުއިރު ޕަރމަނަންޓް ސެކްރެޓަރީންނަށް އައްޔަނުކުރެވުނު ބޭފުޅުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިންރިސޯސަސްގެ ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމަށް އައްޔަނުކުރެވުނީ މ. ޕާރކްލޭން ޑރ. އާމިނަތު ޝާފިޢާއެވެ. ޑރ. ޝާފިޢާއަކީ 28 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވަވާފައިވާ އަދި ފިޝަރީޒް މިނިސްޓްރީގައި ވެރިންގެ ފެންވަރުގައި 13 އަހަރު މަސައްކަތް ކުރައްވަވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ޑރ. ޝާފިޢާ އަކީ ޕްލާންޓް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ ޑިގްރީ ހާޟލް ކުރައްވަވާފައިވާ އަދި އެންވާރަމަންޓް ބައިލޮޖީގެ ދާއިރާއިން މާސްޓަރސް ނަންގަވާފައިވުމާއި އެކު އެގްރިކަލްޗަރުގެ ދާއިރާއިން ވެސް މާސްޓަރ އާއި ބެޗެލަރ ޑިގްރީ ހާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮކޮޖީ ގެ ޕާރމަނަންޓް ސެކްރެޓަރީއަކަށް އައްޔަނު ކުރެވުނީ ހ.ޔެލޯރޯޒް އަލްފާޟިލް މުޙައްމަދު ޝަރީފްއެވެ. ޝަރީފްއަކީ ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަންސް ޓެކްނޮލޮޖީގައި 9 އަހަރު މަސައްކަތް ކުރައްވާފައިވާ އަދި އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ވިތް މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޝަރީފްވަނީ ސައިރިކްސް ކޮލެޖްގައި ވައިސް ރެކްޓަރ ގެގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

މި ދެބޭފުޅުން މަގާމަށް އައްޔަނުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މައްޗަށް ތިއްބަވާ ސިޔާސީ ވެރިންނާއި އެކުގައި މަސައްކަތްކުރާ، ސަވިލް ސަރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީއަކަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އިޙްތިސާސް ތަންފީޒުކުރުމަށާއި، އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށް އަލަށް އައްޔަނު ކުރެވުނު ޕަރމަނަންޓް ސެކްރެޓަރީންގެ ކިބައިން އެދިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް