Advertisement

މިދިޔަ އަހަރު އިޒްރޭލަށްވުރެ ގިނައިން މުސްލިމުން މެރީ އިންޑިޔާއިން!

10 Jan 2019 | 19:42

ނިމިިދިޔަ އަހަރުގެ ތެރޭގައި އިޒްރޭލަށްވުރެ ގިނައިން އިންޑިޔާއިން އެގައުމުގައި ދިރިއުޅޭ މުސްލިމުންގެ ލޭ އޮހޮރުވައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އިންޑިޔާގެ ސަރުކާރުން ވަނީ ކަަޝްމީރުގައި ހިނގި ހަމަނުޖެހުންތަކުގައި އެކަނިވެސް 355 މުސްލިމުން މަރާފައެވެ. މީގެ ތެރޭގައި ކުށެއްނެތި ޝަހީދުވި އެތައް ގިނަ އާންމުން ހިމެނެއެވެ.

ނަމަވެސް މިދިޔަ އަހަރު އިޒްރޭލުން ޝަހީދުކޮށްފައިވާ މުސްލިމުންގެ އަދަދަކީ 318ކަމަށް ފަލަސްތީނުގެ އަލްގުދުސް އަލް އަރަބީއިން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ ގާޒާ އަދި ވެސްޓް ބޭންކްގައި ޝަހީދުވި ފަރާތްތަކެވެ.

އެގޮތުން ގާޒާގައި 271 ފަލަސްތީނުގެ މުސްލިމުން ޝަހީދުވެފައިވާއިރު، ވެސްޓް ބޭންކްގައި ވަނީ 42 މުސްލިމަކު އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އަތުން ޝަހީދުވެފައެވެ. މިއަދަދު ތަކުގެ ތެރެއިން 57 ފަރާތަކީ ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު އިސްލާމީ އުއްމަތުގެ ގިނަގައުމުތަކުގައި ލޭ ކޯރުތައް ވަނީ އޮހޮރިގެން ގޮސްފައެވެ. ސީރިޔާ އަދި ޔަމަން ފަދަ ގައުމުތަކުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އާންމުން ތާށިވެ، ގިނަ މުސްލިމުން ވަނީ ހާލުގައި ޖެހި ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ.

Advertisement

ކޮމެންޓް