Advertisement

ފޭސްބުކް ހެކްކޮށްލައިފި

29 Sep 2018 | 14:33

ފޭސްބުކް ހެކްކޮށްލައިފި ކަމަށާއި މީގެ ސަބަބުން 50 މިލިއަން ފޭސްބުކް އެކައުންޓަށް އޭގެ އަސަރުކޮށްފާވައިކަމަށް ފޭސްބުކުން ހާމަކޮށްފިއެވެ.

މި ހަމަލާތަކުގެ ފަހަތުގައި ތިބި ބައެއް އަދި ނޭނގޭއެވެ. ފޭސްބުކް ހެކްކޮށް 50 މިލިއަން އެކައުންޓްތަކުގެ އެކްސެސް ހޯދާފައިވަނީ މި ސޯޝަލް މީޑިއާ ނެޓްވޯކްގެ ބަލިކަށި ކަންތައްތަކެއް ހޯދައިގެނެގެންވެ. މި ސައިބާ ހަމަލާގެ ސަބަބުން ފޭސްބުކްގެ ހިއްސާގެ އަގު %3 އާއި ގާތްކުރާ އަދަދަކަށް މިދިޔަ ހުކުރު ދުވަހުވަނީ ވެއްޓިފައެވެ.

މި ހަބަރު އިއުލާނު ކުރިތާ މާގިނަ އިރުތަކެއްނުވެ ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ވަނީ ނޫސްވެރިންނާއި ކޮންފަރެސް ކޯލެއްކޮށް ފޭސްބުކަށް ދިމާވެފާއި މިވަނީ ނާޒުކު ހާލަތެއްކަން ފާހަގަކޮށްފައެވެ. ހެކަރުންނަށް އެކްސެސް ލިބުން އެކައުންޓްތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމެއް އަދި ބުނަން ނޭނގޭކަމަށާޢި އެކަންތައް އިތުރަށް ބެލުމަށްފަހު މައުލޫމާތު ހިއްސާކުރަމުން ގެންދާނެކަމަށް ޒަކަބާގް ބުނެފައިވެއެވެ.

މިއީ ފޭސްބުކްގެ ތާރީހުގައިވެސް ފޭސްބުކަށް ދީފައިވާ އެންމެ ވަރުގަދަ ސައިބާ ހަމަލާއެވެ.  

Advertisement

ކޮމެންޓް