Advertisement

ބޭސްފިހާރަތަކުން ލޮނުޕެކެޓް ހުސްވެއްޖެ

10 Jan 2019 | 10:12

ބޭރަށް ހިންގާ ކުދިންނާއި މީހުންނަށް ދެވޭ އެންމެ މުހިއްމު ފަރުވާކަމުގައިވާ އޯއާރްއެސް ޕެކެޓް ނުވަތަ ލޮނު ޕެކެޓް މާލޭގެ ގާތްގަނޑަކަށް ބޭސްވިއްކާ ހުރިހާ ފިހާރައަކުން ހުސްވއްޖެއެވެ.

ބޭސް ވިއްކާ ފިހާރަތަކުންބުނީ ލޮނު ޕެކެޓް ހުސްވެފައިވަނީ އެ އިމްޕޯޓްކުރުމަށް ސަރުކާރުން ހުއްދަދީފައި އޮންނަ އޭޑީކޭއިން މިދުވަސްވަރު ބޭސްފިހާރަތަކަށް ނުލިބޭތީއެވެ.

"އޭޑީކޭއާއެކީ ސަރުކާރުން އޮންނަނީ ފަސްއަހަރުދުވަހުގެ އެއްބަސްވުމެއް ހަދާފައި. އެހެންވީމާ އަޅުގަނޑުމެންނަކަށް ނުގެނެވޭ. އެމީހުންގެ އަތުން ހުސްވީމާ އަޅުގަނޑުމެންގެ އަތުންވެސް ހުސްވީ. ދެން ލިބޭނީ އޭޑީކޭއަށް ގެނެވުނީމާ" ބޭސްފިހާރައެއްގެ މީހަކު ބުންޏެވެ.

އާއްމު ބޭސްފިހާރަތަކުން ލޮނުޕެކެޓް ހުސްވެފައިވީނަމަވެސް އެސްޓީއޯގެ ބޭސް ފިހާރައިން އަދި ލިބެން އެބަހުރެއެވެ.

ލޮނުޕެކެޓް ގިނަ ބޭސްފިހާރަތަކުން ހުސްވެފައިވާއިރު ކުޑަކުދިންނަށް ބޭރަށް ހިންގުމުގެ ރޯގާއެއްވެސް މިދުވަސްވަރު މާލެތެރޭގައި އުޅެއެވެ.

ބޭސްފިހާރައަކުން ވާހަކަދެއްކި މީހަކު ބުނީ ބޭސްފިހާރަތަކުން ހުސްވެފައިވަނީ ހަމައެކަނި ލޮނުޕެކެޓެއްނޫނެވެ. ޕައިލްސްގެ މައްސަލަ ހުންނަ ޕޭޝަންޓުންނަށް ބޭނުންވާ އެންމެ ޚާއްސަ އޮއިންމަންޓްސްއާއި ކްރީމްއާއި، ތައިރޮއިޑް މެޑިސިންގެވެސް ވަރަށް އާއްމުކޮށް މީހުން ބޭނުންކުރާ ބޭސްތައް ފިހާރަތަކުން ހުސްވެފައިވާކަމަށެވެ.

Advertisement

ކޮމެންޓް