Advertisement

ގަން އެއަރޕޯޓަށް މިހާރަށްވުރެ ގިނައިން ފްލައިޓް ޖެއްސޭނެ: ރައީސް ނަޝީދު

10 Jan 2019 | 12:47

ގަން އެއަރޕޯޓަށް މިހާރަށްވުރެ ގިނައިން ފްލައިޓް ޖެއްސޭނެކަމީ ޔަގީންކަމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕެއިން ފައްޓަވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގަން އެއާޕޯޓަށް މިހާރަށް ވުރެ ގިނައިން ފްލައިޓް އަންނަން ޖެހޭ ކަމަށެވެ. އަދި މިހާރަށް ވުރެ ގިނައިން ގަން އެއާޕޯޓަށް ފްލައިޓު ގެނެވޭނެ ކަމީ ޔަގީން ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އައްޑުއަށް ޖައްސާ ފްލަައިޓު ގިނަވުމުން ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން އެ ސަރަހައްދު ކުރިއަރާ ދިއުމަށް ފުރުސަތު ތަނަވަސްވެގެންދާނެއެވެ. އަދި އައްޑޫގަައި 5000 އެނދު ތަރައްގީ ކުރެވިދާނެކަމަށާއި 5000 އެނދުގެ ޖާގައިގެ ތެރެއިން އުފެދިގެން އަންނާނީ އަމިއްލަ ވިޔަފާރިތަކާއި ވަޒީފާގެ ފުރުސަތުތައްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް 2019 ވެގެންދާނީ އިގްތިސާދީ ތަރައްގީގެ ބޮޑު އިންޖީނަކަށް ކަމަށާއި އެކަން ވާންއޮތީ ރައީސް ސޯލިހުގެ ގިނަ ވައުދުތަކެއް ފުއްދުމަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށެވެ.

Advertisement

ކޮމެންޓް