ެއަދީބު ޖަލަށް ބަދަލުކުރީ އިގުރާރާއި ޚިލާފުވުމުން: ކަރެކްޝަންސް

10 Jan 2019 | 20:31

ގޭބަންދުގައި ހުންނަވަނިކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ބަދަލުކުރީ ބަންދުގައި ހުންނަ ކުށްވެރިންގެ އިގުރާރާއި ޚިލާފުވުމުންކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިހެން ބުނެފައިވަނީ އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައެވެ.

ކަރެކްޝަންސްެއިން ބުނީ ގޭބަންދަށް ބަދަލުކުރެވޭ ގައިދީންނާ ހަވާލުވާ ފަރާތުން ވަކިކަންކަމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކުރެވޭ ކަމަށެވެ. މިގޮތުން އަދީބްއާއި އެކުވެސް އިގުރާރެއްގައި ސޮއިކުރެވުނުކަމަށް ކަރެކްޝަންސްއިން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އަދީބު އިގުރާރާ ހިލާފުވުމުގެ ސަބަބުން ޖަލަށް ބަދަލުކުރެވިފައިވާާކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ. އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ހުކުމް ތަންފީޒުކުރަމުންދާ މީހުން އަމަލުކުރަން ޖެހޭ މެޑިކަލް ގަވާއިދަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް ކަރެކްޝަންސްެއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރަށް އެ އިދާރާއިން ބުނީ އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ގޭގައި ހުރި މުއްދަތުގައި އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭފަދަ ސިއްހީ އިތުރު މައްސަލައެއް ފާހަގަކުރެވިފައި ނުވާތީކަމަށެވެ.

Advertisement

ކޮމެންޓް