މާލެ ސަރަހައްދު ގުޅާލުމުން ތޮއްޖެހުން ފިލުވޭނެ: ރައީސް ނަޝީދު

17 Jan 2019 | 18:14

މާލެ ސަރަހައްދުގެ ރަށްތައް ގުޅުވާލައިފިނަމަ މާލެއާއި މާލޭގެ ރައްޔިތުންގެ ތޮއްޖެހުން ފިލުވޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ހުސައިން މުނައްވަރުގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރީއްސުރެ ގިރާވަރު ކަނޑާއި ހަމައަށް ގުލާލެވޭ މަގެއްގައި މި މާލޭގެ ރައްޔިތުންގެ އަދި މި މާލޭގެ ތޮށްޖެހުން ފިލުވޭނެކަމަށެވެ. މިއީ އެމަނިކުފާނުގެ ސަރުކާރުގައި ހިންގެވި ވެށިފަހި މާލެ މަޝްރޫއުގައިވެސް އޮތްކަމެއްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ މަޝްރޫއުގައި ރޭވިފައި ތިލަފުއްޓާއި، ގުޅީފަޅާއި، ވިލިގިއްޔާއި، މާލެ އަދި ހުޅުމާލެ ގުލާލުމަށްކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައިވެސް ވަނީ މިކަމުގެ ވާހަކަތައް ހަލުވިމިނެއްގައި ދެކެވިފައެވެ.

އެމްޑީޕީގެ އަމާޒަކީ މުޅި ރާއްޖޭގެ ތަރައްގީ ހޯދުމާއި އެކު މާލޭގެ ރައްޔިތުންގެ އާއްމު ހާލަތުވެސް ރަނގަޅުވެ ދިއުންކަމަށާއި މާލެ ތޮއްޖެއްސުމަކީ ތަރައްގީގެ މިސްރާބަކަށް ވެގެންނުވާނެކަމަށް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު މިރޭ ވަނީ އެމްޑީޕީ އުފެދިގެން އައިސް އެ ޕާޓީ ހިނގަމުން އަންނަނީ ރާއްޖޭގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ކަމަށްވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު ރައީސް ޔާމީން ވަނީ ވިލިގިލި، ގުޅިފަޅު، ތިލަފަޅާއި ތިލަފުށި ގުޅާލުމުގެ މެގަ ޕޮރޮޖެކްޓް ޢިއުލާން ކުރައްވާފައެވެ. އެއާއެކު އޭރު އިދިކޮޅުގައި ހަރަކާތްތެރިވި ރައީސް ނަޝީދު ވަނީ މިކަމަށް ފާޑު ވިދާޅުވެފައެވެ. އަދި މުޅި ރާއްޖެ މާލެ ސަރަހައްދައް ޖަމާ ކުރުމަކީ ރާއްޖޭގެ ޖަޒީރާ ދިރިއުޅުން ގެއްލޭކަމެއްގޮތުގައި ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް