ހޯމް މިނިސްޓަރުގެ އިސްތިއުފާ ދެއްވާ: އެމްޓީޑީ ގެ ނައިބް ރައީސް

11 Jan 2019 | 11:38

އެމްޓީޑީގެ ނައިބްރައީސް އަދި ރައްޔިތުން މަޖިލީހުގެ ނ.ވެލީދޫ ދާއިރާގެ މެމްބަރ ޔާމިން ރަޝީދު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިސްތިއުފާއަށް ގޮވާލައްވައިފިއެވެ.

ފަހަކަށް އައިސް އެމްޓީޑީގެ އިސްފަރާތަކުން ދަނީ ހޯމް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. ދިގު މއްދަތަކަށް ޖަލަށްލާފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ސިއްހީ ފަރުވާއަކަށް ގޭބަންދުގައި ބެހެއްޓުމަށްފަހު ޖަލަށް ބަދަލުކުރުމާއި ގުޅިގެން ޔާމީން ރަސީދު އިސްވެ ހުންނަވައިގެން ދަނީ މިނިސްޓަރ އިމްރާން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

އެމްޓީޑީން ހާމަކުރާގޮތުގައި އަހުމަދު އަދީބް އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރގެ އިރުޝާދާއި ހިލާފަށް މުއްތަދު ހަމަނުވާނީހެވެ.

ހުކުމް ތަންފީޒުކުރުމަށް އަދީބް ޖަލަށް ގެންދިއުމާ ގުޅިގެން އެމްޓީޑީ ދަނީ ބޭރުގެ ޑިޕްލޮމެޓުންނާވެސް ބައްދަލުކޮށް އަދީބުގެ ހާލަތު ކިޔައިދެމުންނެވެ.

ޖަލަށް ބަދަލްކުރުމަށްފަހު އަދީބްގެ ސިއްހީ ހާލަތު އަނެއްކާވެސް ގޯސްވުމާއި ގުޅިގެން މިހާރު ދަނީ އަނެއްކާވެސް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ކަރެކްޝަންއިން ހާމަކުރިގޮތުގައި އަދީބް އަނބުރާ ޖަލަށް ގެންދެވުނީ ކަރެކްޝަންސްއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އަދީބް ހިލާފުވުމުންނެވެ.

Advertisement

ކޮމެންޓް