ފޭސްބުކްގެ ހިއްސާގެ އަގުތައް ވެއްޓެނީ

29 Sep 2018 | 23:03

ފޭސްބުކްގެ ހިއްސާގެ އަތުގަތަކަށް ލޮޅުން އަރާފައިވަނީ މިދިޔަ ހުކުރު ދުވަހު ސައިބާ ހަމަލާތަކެއްގައި 50 މިލިނިއަން އެކައުންޓަށް އޭގެ އަސަރުކޮށްފައިވާކަމަށް ފޭސްބުކުން އިލުލާނުކުރި ފަހުންނެވެ.

މި ސައިބާ ހަމަލާތަކާއި ގުޅިގެން ލިބުނު ގެއްލުންތައް ތަހުގީގުކުރަމުންދާ ކަމަށް ފޭސްބުކްގެ ޕްރޮޑަކްޓް މެނޭޖްމަންޓްގެ ނައިބު ރައީސްވަނީ ހާމަކޮށްފައެވެ. މި ހަމަލާތައް ދިން މީހަކު ނުވަތަ ބައެއް އަދި ނޭންގެއެވެ.

ފޭސްބުކްގެ ހިއްސާތަކަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ނޭދެވެ އަސަރުތަކެއް ކުރަން ފަށާފައެވެ. މިކަމުގެ ސަބަބަކަށް ވެފައިވަނީ ޓައިވާނުގެ ހެކަރެއްކަމުގައިވާ ޗޭންގް ޗީ ޔުއާން، އޭނާއަށް ފޭސްބުކްގެ ކޯޑުން ބަގްތަކެއް ފެނިފާވާކަމަށާއި އޭނާ ލައިވް ސްޓްރީމް މެދުވެރިކޮށް ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގްގެ އެކައުންޓް ޑިލީޓްކޮށްލާނެ ގޮތް ދައްކާނެކަމަށް ބުނުމާއި ގުޅިގެންނެވެ.

ނަމަވެސް ޖެހިގެންއައި ހުކުރު ދުވަހު އޭނާ ބުލޫމްބާގްއަށް ދިން އިންޓަވިއުގައި ބުނެފާވަނީ އޭނާ ކުރަން އުޅުން ކަންތައް ލައިވް ސްޓްރީމް ނުކުރާނެކަމަށާއި ފޭސްބުކުން ފައިސާ ދީފިނަމަ އޭނާގެ ވާހަކަތައް ސާބިތުކޮށްދޭނެ ހެކިތައް ދައްކާނެކަމަށެވެ.

އަހަރުފެށުނު ފަހުން މިހާތަނަށް ފޭސްބުކްގެ ހިއްސާތަކުގެ އަގު 10 އިންސަތައިން ވަނީ ދަށަށް ގޮސްފައެވެ. 

Advertisement

ކޮމެންޓް