ޗައިނާ ކޮންސިއުލޭޓަށް ދިން ހަމަލާގެ ފަހަތުގައި އިންޑިޔާގެ އަތެއްވޭ: ޕާކިސްތާން

12 Jan 2019 | 07:52

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި އިންޑިޔާގެ ޖާސޫސީ އިދާރާގެ އަތެއްވާކަމަށް ކަރާޗީގެ ފުލުހުން ބުނެފިއެވެ.

ކަރާޗީގެ ފުލުހުންގެ ފަރާތުން މިހެން ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ފުލުހުންގެ އިސްވެެރިޔާ ޑރ.އަމީރު އަހުމަދު ޝައިޚްއެވެ.

ޑރ.އަމީރު ވިދާޅުވިގޮތުގައި މި ހަމަލާ ރާވާފައިވަނީ އަފްޣާނިސްތާނުގައެވެ. ބަލޮޗިސްތާން ލިބަރޭޝަން އާމީ ނަމަކަށް ކިޔާ ހަނގުރާމަވެރި ޖަމާއަތެއްގެ ތިން ފަރާތަކުން ދިން މި ހަމަލާގައި ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ކޮންސިއުލޭޓްގެ މުވައްޒަފަކު ނުހިމެނެއެވެ.

މި ހަމަލާ ދިން ގްރޫޕަށް އިންޑިޔާގެ ޖާސޫސީ އިދާރާއިން އެހީވެފައިވާކަމަށް ޑރ.އަމީރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާ އެކަމަށް އެކަށީގެންވާ ހެއްކެއް ދައްކާފައެއް ނުވެއެވެ.

މި ހަމަލާ ދިނުމުގެ މަގްސަދަކީ ޕާކިސްތާނާއި ޗައިނާއާއި ދެމެދު ނުތަނަވަސްކަން އުފެއްދުންކަމަށް ކަރާޗީގެ ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް